ގ.ނޫވިނަ ގޭ ފުރަތަމަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި އަލިފާނުގެ ހާދިސާ ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 14:58 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ގ. ނޫވިނަގޭގައި ރޯވި އަލިފާން ވަނީ 15:11 ހާއިރު ނިއްވާލާފައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ.

މި އަލިފާނުގެ ހާދިސާ ހިންގަން މެދުވެރިވީ ކީއްވެ ކަން އަދި ރަސްމީކޮށް އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.

މާލޭގެ ގޭގޭގައި އަލިފާނުގެ އެކި ކަހަލަ ހާދިސާތައް ހިންގަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. ގިނައިން މިފަދަ ހާދިސާތައް ހިންގާއިފައި ހުންނަނީ ބަދިގޭގައި ނުވަތަ ކަރަންޓް މައްސަލަތަކާ ގުޅިގެންނެވެ. އަލިފާނުގެ މިފަދަ ހާދިސާތަކުގައި ގިނަ ފަހަރު މީހުންނަށް އަނިޔާ ނުވި ނަމަވެސް އެ ގެތަކަށް ބޮޑެތި ގެއްލުންވާ ހާދިސާތައް ވަނީ ފެނިފައެވެ.