ކަރަންޓު ޝޯޓުވެ އަލުފާނުގެ ހާދިސާއެއް ހިނގުމުން ހުކުރު މިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

އިސްލާމިކް މިނިސްތްރީން ބުނީ، ރޭ މާލޭ ހުކުރު މިސްކިތުގައި ކަރަންޓު ޝޯޓުވެ ހިނގި ހާދިސާގެ ސަބަބުން ކަރަންޓު ނަރުތައް ހަލާކު ވެފައިވާތީ ރެއިން ފެށިގެން މައްސަލަ ހައްލު ވަންދެން އެ މިސްކިތް ވަނީ ވަގުތީ ގޮތުން ބަންދު ކޮށްފައި ކަމަށެވެ. އެހެންކަމުން މިއަދު ހުކުރު މިސްކިތުގައި ހުކުރު ކުރުން ވެސް ނޯންނާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހުކުރު މިސްކިތަކީ ދިވެހިރާއްޖޭގައި ހުރި އެންމެ އާސާރީ އަދި އެންމެ ރީތި އެއް މިސްކިތެވެ.

މި މިސްކިތް ބިނާކޮށްފައި ވަނީ އައްސުލްތަޯން އިބްރާހީމް އިސްކަންދަރު 1 ގެ ރަސްކަމުގައި 1658 ވަނަ އަހަރުގައެވެ. އަދި މިސްކިތް އިމާރާތް ކުރުމަށް ބޭނުން ކުރީ ހިރިގަލެވެ.