އައިޖީއެމްއެޗްގައި މަސައްކަތްކުރާ އަންހެން ނަރުހެއް މަރުވި މައްސަލައާ ގުޅިގެން އޭނާގެ ފިރިމީހާ ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، މި މަހުގެ 19 ވަނަ ދުވަހު ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން އުމުރުން 29 އަހަރުގެ މީހަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ހައްޔަރު ކޮށްފައި ވަނީ ފިލިޕީންސް ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރާ އަންހެން ނަރުހެއް ދަންޖެހިގެން މަރުވިކަން ސޯޝަލް މީޑިއާގައި ރިޕޯޓްކޮށްފައި ވަނީ މީގެ ހަފްތާއެއް ކުރިންނެވެ. އެކަމާ ގުޅިގެން، އައިޖީއެމްއެޗުން މީގެ ކުރިން "ދަ ޕްރެސް" އަށް ބުނީ އެ ނަރުސް މަރުވިތާ ދެ ދުވަސް ވެއްޖެ ކަމަށެވެ.
ދަންޖެހިގެން މަރުވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ހާމަކޮށްފައި ވާ މި މައްސަލައިގައި، އެ އަންހެންމީހާ މަރުވީ ދަންޖެހިގެން ކަން ކަށަވަރު ވެފައި ނުވާ ކަމަށާއި އަދި އެ އަންހެންމީހާގެ ކަރުގައި ދަންޖެހިފައިވާ ކަމުގެ ނިޝާނެއް ވެސް ފެންނަން ނެތް ކަމަށް ފުލުހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް މި ކަމާ ގުޅިގެން 'ދަ ޕްރެސް' އިން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުން ބުނީ، މި މައްސަލާގައި ބަލަންޖެހޭ އިތުރު ކަންތައްތަކެއް ހުރުމާއެކު، މި މައްސަލަ ބަލަމުންދާ ކަމަށެވެ.
މިހާރު އެ އަންހެން މީހާގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް އޭނާގެ ހަށިގަނޑު ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. އަދިވެސް ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެ ނަރުހަކީ ކައިވެނި ކޮށްގެން ދަރިއެއްވެސް ހުންނަ އެ މީހެކެވެ. އަދި އޭނާގެ ފިރިމީހާ ވެސް މަސައްކަތް ކުރަނީ އައިޖީއެމްއެޗްގައި ނަރުހެއްގެ ގޮތުގައި ކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ނަރުސް މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާގެ ފިރިމީހާއާ ދިމާވި މައްސަލައަކަށް ފަހުއެވެ.
އޭނަ ހޮސްޕިޓަލަށް ސީޕީ އާރު ދެމުން ގެނައީވެސް އެމްބިއުލާންސަށް ގުޅީވެސް ފިރިމީހާ.. ދެމަފިރިންގެ މަސައްލަ ޖެހޭނެ.. ދަން ޖެހޭ ނުޖެހޭ މަށަކަށް ނޭންގެ... އެކަމު އަހަންނަށް ހިއެއް ނުވޭ ފިރިމީހަ މަރާލިހެނެއް އަނބި މީހާ އެއް.. އާން މައްސަލަ އެއް ޖެހިގެން ޑިޕްރެސް ވެގެން އަމިއްލަ އަށް މަރުވެދާނެ... ޙަޤީގަތް ނުހޯދާ މީހަކު ހައްޔަރު ތިކުރީ... ދިވެއްސެއް ވަރަށް ފަހުން މަރުވެއްޖެ ހުކުމެއް ނެތި ޖަލުގަ އޮންނަތާ 2 އަހަރު ފަހުން... ބިދޭސީއެއް ދިވެއްސަކާ އިނދެ އުޅެނިކޮށް ޓެރަރިސްޓެކޭ ކިޔާފަ ޖަލުގަ އޮއްވާ މަރުވެއްޖެ ބަލި ވެގެން... ކަލޯ ފުލުހުންގެ އައިއޯ އިންނާ ޓްރެފިކް ޕޮލިސް، މި ދެ ޑިޕާރޓްމަންޓު ކަންނެތް ކަންމަތީ ނުތިބެ ތަންކޮޅެއް އެކްޓިވް ވާންވެއްޖެ މަގޭ ނަޒަރުގަ...