އައްޑޫގައި މިމަހަު 17 ވަނަ ދުވަހު ތޫނު އެއްޗަކުން ހަމަލާދީ ދެމީހަކު ޒަހަމް ކޮށްލި މައްސަލައިގައި ހަމަލާދިން ދެމީހުން ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ 8 ޖަހާކަށް ހާއިރު ކަމަށެވެ. ތޫނު އެއްޗަކުން ހަމަލާ ދީފައި ވަނީ ސައިކަލުގައި ދުއްވާފައި ދިޔަ ދެމީހަކަށެވެ.

މި ހާދިސާއާ ގުޅިގެން މިއަދު ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ ގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި އަނިޔާ ވެފައި ވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކަށާއި 23 އަހަަރުގެ އަންހެނަކަށެވެ.

އަދި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކޮށް ބަލަން ޖެހޭ ކަންކަން ބަލަމުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.