ލޮނުޒިޔާރަތް މަގުގައި ހުންނަ ބޫޓު ވިއްކާ ފިހާރަ "ހަވާއީ ފުޓްވެއާ" ގެ މަތީގައި އަލިފާނުގެ ހާދިސާއެއް ހިންގައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ގަލޮޅު، ލޮނުޒިޔާރަތް މަގުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިހާރައިގެ މަތީގައި ކުޑަ ޓެރަސްކޮޅެއް އޮންނަ އިރު އަލިފާން ރޯވެފައިވަނީ އެ ޓެރަސް މަތީގައި ހުރި ބައެއް ތަކެތީގައެވެ. އަދި މިހާރު އެތަނުގައި ރޯވި އަލިފާން ވަނީ ނިއްވާލާފައެވެ.

އަލިފާން ނިއްވާލުމަށް ފިހާރަ ކައިރީ ސިފައިން ހަރަކާތްތެރިވަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

އަލިފާން ނިއްވާލި އިރު އެ ފިހާރައަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ވެސް އަނިޔާވެފައެއް ނުވެއެވެ.

އަދިވެސް އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރި ވަމުން އަންނަ އިރު، އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.