ތ. ވޭމަންޑޫގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންތަކެއް ބޭރުގައި އުޅެނިކޮށް ފުލުހުންގެ އެހީތެރިކަމާއެކު އެކުދިންތައް ހޯދައިފިއެވެ.

ފުލުހުން ބުނީ ތ. ވޭމަންޑޫ ކުޑަކުދިން ހިޔާގައި އުޅޭ ކުދިންތަކެއް މިމަހު 12 ވަނަ ދުވަހުގެ ރޭ 10:30ގެ ފަހުން ބޭރުގައި އުޅޭ ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ.

އެކުދިން އަނބުރާ ހިޔާއަށް ގެނެސްދިނުމަށް ތ. އަތޮޅު ޖެންޑާ އިން ފުލުހުން ކިބައިން އެދުމުން އެކުދިން ހިޔާއަށް ގެންދިއުމަށް ވޭމަންޑޫ ޕޮލިސް އިން އެހީތެރިވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން އެއްވެސް ކުއްޖަކަށް ފުލުހުން އަނިޔާކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އެއްވެސް ކުއްޖަކަށް ފުލުހުން އަނިޔާކުރި ކަމުގެ ޝަކުވާއެއް ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.