އުރީދޫން ގޭމިންއަށް ހާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ތައާރަފް ކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، ގޭމް ކުޅޭ ފަރާތްތަކަށް ހާއްސަކޮށް އިންޓަނެޓް ޕެކޭޖްތަކެއް ތައާރަފު ކޮށްފައިވާ އިރު، ވީކްލީ އަދި މަންތްލީ އަށް ހާއްސަކޮށް ޕެކޭޖްތަކެއް ތައާރަފު ކޮށްފައިވާ ކަމަށެވެ.

ވީކް ލީ ޕެކޭޖަށް 25 ރުފިޔާ ހޭދަކޮށްގެން މުޅި ހަފްތާއަށް 1 ޖީބީ ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ، އަދި މަންތްލީ ޕެކޭޖަށް ޖުމްލަ 50 ރުފިޔާ ހޭދަކޮށްގެން މުޅި މަސް ދުވަހަށް 2 ޖީބީ ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

މިއީ ގޭމް ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް ދޫކުރާ ޕެކޭޖްތަކެކެވެ.

މި ޕެކޭޖްތައް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ނަމަ އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭތް ކުރެވޭނެއެެވެ. ނޫން ނަމަ *929*5# އަށް ޑައިލް ކޮށްލައިގެން އެކްޓިވޭޓް ކޮށްލެވޭނެއެވެ.