ހުޅުމާލޭގައި މާރާމާރީއެއް ހިންގާ، މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ނެއިބާހުޑް 2ގެ ބީޗު ސަރަހައްދުގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ މައުލޫމާތު ރޭ 11:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވީ 31 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދުކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވި ނަމަވެސް އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މާލެ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ދޭތެރެ ދޭތެރެއިން ނުރައްކާތެރި މާރާމާރީތައް ހިންގައެވެ. އަދި ބައެއް ފަހަރު މީހުންނަށް އަނިޔާ ވެސް ވަނީ ލިބިފައެވެ.