ސިނަމާލޭ ބްރިޖުގެ ހުޅުލޭ ޓްރެފިކް ލައިޓް ކައިރީގައި 2 ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާ، 2 މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ ބްރިޖުގެ ހުޅުލޭ ޓްރެފިކް ލައިޓް ކައިރީގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ 12:45 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ސައިކަލް ދުއްވި ދެ މީހުނަށް އަނިޔާވެގެން އެކަކު ޓްރީޓޮޕް ހޮސްޕިޓަލަށް އަދި އަނެއް މީހާ ހުޅުމާލެ ހޮސްޕިޓަަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި އެއް ސައިކަލް ދުއްވި 31 އަހަރުގެ މީހާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށާ އަދި އަނެއް ސައިކަލް ދުއްވި 24 އަހަރުގެ މީހާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓާ އެތަނުން އެއް ސައިކަލް ލައިޓްއަށް މަޑު ނުކޮށް ދިއުމުން ހުޅުމާލެ އެއާޕޯޓަށް ދިޔަ ސައިކަލެއްގައި ޖެހިގެން ކަން ފުލުހުންނަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ދެ ސައިކަލް ޓޯކޮށް، މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.