ބ. މާޅޮހުން ފީނަން ގޮސް އުޅުނު ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެހާދިސާގައި މަރުވެފައިވަނީ އުމުރުން 33 އަހަރު ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ މާޅޮހުން ސްނޯކްލިންނަށް ގޮސް އުޅުނު މީހެއްގެ ހިތާ ދިމާއިން މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން ބ. އަތޮޅު ހޮސްޕިޓަލަށް މިއަދު 04:10 ހާއިރު ގެންގޮސްފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.އަދި އެމީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.އެހާދިސާ ހިނގި ގޮތުގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.