މާލޭގައި ހިންގާ ސަރުކާރު ސްކޫލެއްގައި ދެކުއްޖެއްގެ ދެމެދުގައި ހިނގި މާރާމާރިއެއްގައި ކަތުރަކުން ހަމަލާދީ އެއް ކުއްޖަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ، މާލޭގެ ސްކޫލެއްގައި ދެކުއްޖެއްގެ ދެމެދުގައި މާރާމާރިއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ.

މާރާމާރީ ހިންގާފައި ވަނީ ކޮން އުމުރު ފުރައެއްގެ ދެކުދިންގެ ދެމެދުގައި ކަން ފުލުހުން ހާމަކޮށްފައި ނުވާ އިރު މި ހާދިސާގައި ކުއްޖަކަށް އަނިޔާވެފައިވާ ކަން ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީގައި ހިންގާފައި ވަނީ އެ ސްކޫލުގެ ގްރޭޑް 9 ގައި ކިޔަވާ ދެ ދަރިވަރުންނެވެ.

އަނިޔާވި ކުއްޖާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަން ވަނީ އެނގިފައެވެ.