އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ ކުޅުދުއްފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އޭނާއަށް "ހާލުފޮޅި" ކާންދީފައެވެ.

ކެރޮން ރޮސްލާ ވަނީ ކުޅުދުއްފުއްޓަށް ކުރެއްވި މި ޒިޔާރަތުގައި ރަށުގެ ގިނަ ފަންނީ މަސައްކަތާއި ކުޅުދުއްފުށީގެ ބިޔަ ކުޅީގެ ހިތްގައިމުކަން ތަޖުރިބާ ކުރައްވައިފައެވެ. އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލުނާއި އެ ރަށު ޒުވާނުން ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ކެރޮން ރޮސްލާ ވަނީ މި ޒިޔާރަތުގައި ކުޅުދުއްފުށި ކުޅިއަށް ވަޑައިގެން ގުދުރަތީ އެ ރީތި ކުޅިއަށް އެރި، އެތަނުގައި ކެނޯވެސް ދުއްވަވާފައެވެ. މީގެ އިތުރުން އޭނާ ވަނީ އެ ރަށުގެ އާއިލާތަކާއި ބައްދަލުކުރައްވާ ދިވެހިންގެ ފަންނީ މަސައްކަތްތައްވެސް ތަޖުރިބާ ކޮށްލައްވާފައެވެ. އެގޮތުން އޭނާ ވަނީ ރޯނު ވެށުމުގެ މަސައްކަތާއި ކަސަބު ބޯވަޅު އެޅުމުގެ މަސައްކަތްތައް ބައްލަވާލައްވާ އެ މަސައްކަތް އަމިއްލައަށް ތަޖުރިބާކޮށްލައްވާފައެވެ. .

މީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ކެރޮން ރޮސްލާގެ ޝަރަފްގައި ހާއްސަ "މަލާފަތު" ކެއުމެއް ތައްޔާރުކޮށްދެއްްވާފައެވެ. އެ ކެއުމުގައި އިނގިރޭސި ސަފީރު ބައިވެރިވެވަޑައިގަތީ ދިވެހި ލިބާހުގައެވެ.

ކެރޮން ރޮސްލާ ކުޅުދުއްފުށްޓަށް ވަޑައިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކޮށް އެ ސިޓީގެ ތަރައްގީއާއި ގުޅޭ ގޮތުން މަޝްވަރާކރުައްވާފައެފެ. އަދި ރެޑް ކްރެސެންޓްގެ ހދ. ބްރާންޗްގެ ބޭފުޅުންނާއި ޔޫތް ލެޑް އެންވަރަމެންޓް ބީލީފް ޖަމިއްޔާގެ ބޭފުޅުންނާއި ވެސް އޭނާ ބައްދަލު ކުރެއްވިއެވެ.