ޓޯ ކޮށްފައިވާ އުޅަދަކުން ވައްކަމެއް ކޮށްފައި ނުވާނެ ކަމަށާއި ބެލީ ނައްތާލުމުގެ ކުރިން ބަލަންޖެހޭ ކަންކަން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިފަދިއިން ބުނެފައިވަނީ ޓޯ ޔާޑުގައި ޓޯ ކޮށްފައިވާ އުޅަނދުތަކެއްގެ ޑިކީ ހުޅުވައިގެން ފުލުހުން ވައްކަންކުރާ ކަމަށް ބުނެ ވީޑީއޯއެއް އާންމުވެފާ ވަނިކޮށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ވީޑިއޯއިން ފެންނަނީ ފުލުހުން މަރުތެޔޮ ފަދަ އެއްޗެހި ބޭނުން ކޮށްގެން ކާރެއްގެ ޑިކީ ހުޅުވަން މަސައްކަތްކުރާ މަންޒަރެވެ.
ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަނީ އުޅަނދު ނައްތާލުމުގެ ކުރިން ޗެކް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
ފުލުހުން ބުނީ އުޅަނދު ނައްތާލުމުގެ ކުރިން އުޅަނދުގައި ހުރީ ކޯޗެއްތޯ ފުލުހުން ބަލާ ކަމަށާއި މި ގޮތަށް ނައްތާލާ އުޅަނދުތައް ނައްތާލަނީ އެކަމަށް ހެދިފައިވާ އުސޫލާއި އެއްގޮތަށް ކަމަށެވެ.
ގަވާއިދާ ހިލާފަށް ޕާކު ކޮށްގެން ފުލުހުން ޓޯ ކުރާ އުޅަނދާ ހަވާލުވުމަށް 60 ދުވަހުގެ މުއްދަތެއް ވެރިފަރާތަށް ދޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި 60 ދުވަހުގެ ތެރޭގައި ހަވާލުނުވާ އުޅަނދުތައް ނައްތާލުމުގެ ބާރު އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ފުލުހުންނަށް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މ.އިރިދޯދިގޭންވެސް ފުލުހުންވައްކަންކޮށްފަ ނުވާކަމަށާ ބެލީ ވެރިފަރާތައްނޭގި ގޭގަހުރިތިޖޫރީގަހުރި ބައިމިލިޔަނައްވުރެން ގިނަރުފިޔާގެންދެވޭތޯކަމައް ފައިސާތަކުގެ ވެރިފަރާތުން ބުނެފަވާކަމަށެވެ