މޯލްޑިވްސް ޕޯޓް ލިމިޓެޑް ގެ މާލެ ކޮމާޝަލް ހާބަރު ތެރެއިން ގޮތްނޭނގޭ ރެޕްޓައިލް އެއް ފެނިއްޖެއެވެ.
އެމްޕީއެލް އިން ބުނީ މިހާރު އެ ރެޕްޓައިލް ވަނީ އެމްއެންޑީއެފް އާ ހަވާލު ކޮށްފައި ކަމަށެވެ. އަދި ބައެއް ފަހަރު ގެންނަ ކޮންޓެއިނާ ތަކުން އެގޮތަށް ދިރޭ އެއްޗެހި ފެންނަ ކަމަށް ވެސް އެމްޕީއެލް އިން ބުނެއެވެ.
މި ރެޕްޓައިލް ގެ ވީޑިއޯ އެއް ސޯޝަލްމީޑިއާގައި ދައުރުވެފައި ވާއިރު މި ވީޑިއޯއިން ފެންނަ ގޮތުގައި މި ރެޕްޓައިލްގައި ގާތްގަނޑަކަށް ދޮޅު ފޫޓު ހުންނާނެއެވެ. އަދި މި ރެޕްޓައިލް ހިފާ މަންޒަރާއި އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނިގެން ދެއެވެ.