މާލޭގެ ގެއެއްގައި ހުރި ގުދަނަކުން ވައްކަން ކުރި ތިން މީހަކު ހޯދަން ފަށައިފިއެވެ.

ތިން މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފައިވަނީ ވީޑިއޯއަކާއި އެކުގައެވެ. ވީޑިއޯއިން ފެންނަނީ ދަބަސްތަކަކާއި ފޮށިތަކެއް ހިފައިގެން އުޅޭ ތިން ފިރިހެނެކެވެ. އެއަށްފަހު އެއިން އެކަކު ދަގަނޑު ހޮޅިބުރިއެެއް ފަދަ އެއްޗެއް ގެންގުޅޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހުންނަކީ އަކީ މއ. ބަބުލްއަވާލީ ގޭގައި ހުރި ގުދަނަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހުން ކަމަށެވެ.

އެ ތިން މީހުން އެ ގުދަނުން ވައްކަން ކުރީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހު ކަަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 491146 އެންގުމަށް އިލްތިމާސްކޮށްފައެވެ.