އެމްޑަބްލިއުއެސްސީ އިން ކުރިޔަށްގެންދާ ރޯޑްޝޯގައި ބައިވެރިވެގެން ބައިސްކަލެއް ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

އެމްޑަބްލިއުއެސްސީ އިން ކުރިޔަށްގެންދާ މި ރޯޑްޝޯ އަކީ އެ ކުންފުނިން ދެމުންގެންދާ ހިދުމަތްތަކަށް އާންމުން އަހުލުވެރިކުރުމަށް ކުރިޔަށްގެންދާ ރޯޑްޝޯއެކެވެ. މި ރޯޑްޝޯގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ޝަކުވާތައް ވެސް ކުންފުންޏަށް ހުށަހެޅޭނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

https://www.facebook.com/1595958570678745/posts/2949842395290349/?sfnsn=mo

އެމްޑަބްލިއުއެސްސީގެ މި ރޯޑްޝޯ ކުރިޔަށްދާނީ އޮގަސްޓް 23 އަދި 24 ވަނަ ދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އެ ކުންފުނިން ބުނީ ކަސްޓަމަރުންގެ ޝަކުވާތަކާއި އޮޅުން ފިލުވަން ބެނުންވާ މައުލޫމާތުތައް ހޯދުމުގައި މި ރޯޑްޝޯ އަކީ ރަނުގެ ފުރުސަތެއް ކަމަށެވެ.

އަދި މި ހަރަކާތުގައި ބައިވެރިވެގެން މިއުރާ ޑޮމެކްސް ޕީ3100 ގެ ބައިސްކަލް އެއް ވެސް ހޯދުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މި ހަރަކާތް ކުރިޔަށްދާނީ އެމްަބްލިއުއެސްސީގެ ފެންބިލްޑިންގެ ގްރައުންޑް ފްލޯގައި ކަމަށް އެ ކުންފުނިން ބުނެއެވެ.