ވެމްކޯ އިން ތިލަފުށީ ވޭސްޓް ޑިސްޕޯސަލް ސައިޓުން ހިދުމަތް ފޯރުކޮށް ދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެެވެ.
ވެމްކޯ އިން ބުނީ، މާލޭ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އައުމާ ގުޅިގެން ތިލަފުށީ ވޭސްޓް ޑިސްޕޯސަލް ސައިޓުގެ ހިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު، ތިލަފުށީ ވެމްކޯ ސައިޓު ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ރޭގަނޑު 7:00 އަށް ކަމަށް ވެމްކޯ އިން ބުނެއެވެ.
އޭގެ އިތުރުން ހުކުރު ދުވަހު ތިލަފުށީ ވެމްކޯ ސައިޓު ހުޅުވާފަ ހުންނާނީ ހެނދުނު 9:00 އިން 11:00 އަށް އަދި މެންދުރުފަހު 2:30 އިން ރޭގަނޑު 7:00 އަށް ކަމަށް ވެސް ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން ތިލަފުށީ ވެމްކޯ ސައިޓުން ހިދުމަތްދޭ ވަގުތައް ބަދަލު ގެނެސްފައިވާއިރު މީގެ ކުރިން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު، ތިލަފުށީ ވެމްކޯ ސައިޓު ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން ރޭގަނޑު 20:00 އަށެވެ.
އަދި ހުކުރު ދުވަސް ދުވަހު ވެމްކޯ ސައިޓު ހުޅުވާފައި ހުންނަނީ ހެނދުނު 8:30 އިން 11:00 އަށް އަދި މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށެެވެ.
ވެމްކޯއިން ވަނީ ގެނެވޭ ބަދަލުތަކަށް ހިދުމަތް ހޯދާ ކަސްޓަމަރުން އިތުރަށް ސަމާލުވުމަށް އެދިފައެވެ.