ފަތުރުވެރިންނާ ގުޅޭ ބުކިން މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފަތުރުވެރިންނާ ގުޅޭ ބުކިން މައްސަލަތަކެއް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޑުން ތަހުގީގު ކުރަމުންދާ ކަމަށް އަޑުތައް ވަނީ އަރާފައެވެ.
އަދި އެ މައްސަލަތަކުގައި ދެ ފުލުހަކާ އެއާޕޯޓު ކަސްޓަމްގައި އުޅޭ ސްޕަރިޑެންޓް ރޭންކުގެ ކަސްޓަމްސް އޮފިސަރެއް ހިމެނޭ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ ބުކިން އާ ގުޅޭ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި ކަމަށާއި އަދި އެކަމާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ދީފައެއް ނުވެއެވެ. އަދި ތަހްގީގު ކުރަމުން ގެންދަނީ ކިތައް މައްސަލަ ކަމެއް ވެސް ފުލުހުން ހާމަކޮށްދީފައެއް ނުވެއެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިން ފޭކް ބްކިންގައި އެތެރެވާ މައްސަލަ ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.