ރ ދުވާފަރު މޮނީޓަރިންގެ ހާލަތުގައި އޮންނަތާ 3 މަހާއި ގާތްވެފައިވާއިރު މިހާތަނަށް އެރަށުން ޖުމްލަ 802 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ރ.ދުވާފަރު ހެލްތް ސެންޓަރުން ބުނީ ރޭ 12 ޖެހުމާ ހަމައަށް އިތުރު 15 ކޭސް ފެނިފައިވާ ކަމަށެވެ.
ދުވާފަރުން 802 ކޮވިޑް ކޭސް ފެނިފައި ވާއިރު އޭގެ ތެރެއިން 665 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި ދުވާފަރުން އިން 4 މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު ފަރުވާއަށް ބައެއް މީހުން ވަނީ އޭދަފުށި ފެސިލިޓީއަށް ފޮނުވާލާފައި ވެއެވެ.
އެކްޓިވް ކޭސްތަކަށް ބަލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 133 ގައެވެ.
ދުވާފަރަކީ މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެ ހާލަތުގައި އޮންނަތާ އެންމެ ގިނަ ދުވަސްވީ ރަށްތަކުގެ ތެރެއިން ރަށެވެ. ދުވާފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.