މާލޭގެ ބޮޑެތި ހުރިހާ މަގުތަކުގައި ތާރުއެޅުމަށް ސަރުކާރުގެ ހުއްދައަށް އެދިފައިވާ ކަމަށް މާލޭ ސިޓީގެ މޭޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލުން ކުރިޔަށްގެންދާ މާލޭގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހެންވޭރުގެ ބައެއް މަގުތަކާއި ގޯޅިތައް ހަދަން މިއަދު ފަށައިފި ކަމަށެވެ.
އަދި ތާރުއަޅައިގެން މާލޭގެ ބޮޑެތި ހުރިހާ މަގެއް ހެދުމުގެ ހުއްދައަށް ސަރުކާރުގައި އެދިފައިވާ ކަމަށާއި އުއްމީދަކީ އެ ހުއްދަ ވީހާވެސް އަވަހަކަށް ލިބިގެންދިޔުން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ހެންވޭރު އުތުރު ސެގްމަންޓްގައި ހަދާނެ މަގުތަށް:
- ވައިލެޓްހިނގުން
- ވައިލެޓްމަގު
- ގުލިސްތާނު ގޯޅި
- ހިރުނދުމަގު
- ދުނބުރި މަގު
- ރޯޝަނީ މަގު
- ކުރަނގި ގޯޅި
- ސީސަންމަގު
- ސަނދުބަރަކަ ގޯޅި
- ދީފުރަމް ގޯޅި
- ގަލަދުންގޯޅި
- ފިލިގަސް ގޯޅި
ޑރ. މުއިއްޒު ހިއްސާކުރައްވާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ހެންވޭރު ސެގްމަންޓްގެ މަސައްކަތް ފަށަނީ ރޯޝަނީ މަގުންނެވެ. އަދި ޖުމްލަ 1.97 ކމ މި ސެގްމަންޓްގައި ހަދާ ނިންމާލެވޭނެއެވެ.
އެސެގްމަންޓް އަށް ހަރަދުވަނީ 36.8 މިލިއަން ރުފިޔާ ކަމަށާއި އަދި އެއީ ޕްރޮޖެކްޓްގެ 9 ޕަސަންޓު ކަމަށް ވެސް އެލިޔެކިޔުމުން އެނގެއެވެ.
އަތޮޅުތެރޭގެ ކުދިރަށްރަށުގެ މަގުތައް ތާރުއެޅުމުން ފުދޭނެ.. އެއީ ކާރުބާރުބޮޑުވާނީ މާލެއަށްވުރެ އަތޮޅުތެރެ ކަމަށްވާތީ..