އޮޅުވާލައިގެން ނުބައި ބުކިންތަކެއް ހަދައިގެން ރާއްޖެއަށް ގެނައި ފަތުރުވެރިންތަކެއް މަގުމަތިވި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ، އޮޅުވާލައިގެން ސައްހަ ނޫން ހޮޓެލް ބުކިން ތަކެއް ދިނުމުގެ ސަބަބުން މަގުމަތިވި 27 ފަތުރުވެރިއެއްގެ މައްސަލާގައި ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކޮށްފައި ވަނީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ރޭ މެންދަމު 2:00 ހާއިރު ކަމަށް ހަނަފީ ވިދާޅުވިއެވެ.
އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ އެ ގްރޫޕަށް އިމިގްރޭޝަނާއި ފުލުންހުންނާއި ރެޑްކެރެސެންޓުގެ އިތުރުން ހެޔޮއެދޭ ފަރާތްތައް ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައި ވާ ކަމަށް ހަނަފީ ވިދާޅުވިއެވެ. އެގޮތުން ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފާއި އޭނާގެ އަނބިކަނބަލުން ވެދެއްވި އެހީތެރިކަން ފާހަގަ ކުރައްވައި ހަނަފީ ވަނީ އެ ދެކަނބަލުންނަށް ޝުކުރު ދަންނަވާފައެވެ.
އެމީހުން މިހާރު ވަނީ އެފްއޭއެމްގެ އެކަމަޑޭޝަން ބްލޮކަށް ބަދަލު ކޮށްފައެވެ.
ހާލުގައި ޖެހުނު ފަތުރުވެރިންގެ ތެރޭގައި ޖުމްލަ 30 މީހުން ތިބިއިރު އޭގެ ތެރޭގައި 13 ކުޑަކުދިން ހިމެނެއެވެ. އަދި އެއް އަހަރާއި 10 އަހަރާ ދެމެދުގެ ކުޑަކުދިން ވެސް ތިއްބެވެ.
ހާލުގައި ޖެހުނު ފަތުރުވެރިން ރޭ ދަންވަރު 1 ޖެހިއިރުވެސް ތިބީ ވަންނާނެ ތަނެއް ނެތި މަގުމަތީގައެވެ. އޮޅުވާލައިގެން ރާއްޖެއަށް ޓޫރިސްޓުން ތަކެއް ގެނެސް އެ މީހުން މަގުމަތި ކުރުމަކީ ހިއުމަން ޓްރެފިކިން އަމަލެއްކަން ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.
ފަތުރުވެރިން މަގުމަތިކުރިމީހުންގެ ޝަރީއަތްކޮށް ނިމެންދެން ޖަލުގައިބައިތިއްބާފަ އެމީހަކު 40 އަހަރަށް ޑީޕޯޓްކޮށްލަންވީ ވަރަށްސާފް އިނގޭތޯ
ކޮން ގައުމެއްގެ މީހެއްކަން ބުނެ ނުދިނީ ކީއްވެތޯ