ބިދޭސީންތަކެއް އެތެރެކޮށް މަގުމަތި ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ހެންވޭރުގައި ބިދޭސީންތަކެއް އެ މީހުންގެ ފޮށިތަންމައްޗާއެކު މަގުމަތީގަައި ތިބި މަންޒަރު އާންމުވެފައިވާ އިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުންނަކީ ޕާކިސްތާނުން އައި އެގައުމުގެ ރައްޔިތުންތަކެކެވެ.

އެ މީހުން މާލެ އައީ ހޮޓަލަކަށް ފައިސާ ދައްކާފައި ކަމަށާ އެ މީހުން ފައިސާ ދެއްކީ އެއީ ފައިވްސްޓާ ހޮޓަލެއް ކަމަށް އެ މީހުން ވަނީ ބުނެފައެވެ.

ނަމަވެސް މާލެ އައުމުން އެ މީހުން ވަންނާނެ ތަނެއް ނުދައްކާ މަގުމަތިކޮށްފައިވާ ކަަމަށާ އެ މީހުން ވާހަކަ ދެއްކި އެޖެންޓް މަކަރު ހަދާފައިވާ ކަމަށެވެ. ކުޑަކުދިންނާއެކު މަގުމަތީ ތިބި އެ މީހުން ވަނީ އެތައް ބަޔަކަށް އެ ޝަކުވާ ހުށައަޅާފައެވެ.

މި މައްސަލާގައި ފުލުހުންނާއި ބުނީ އެފަދަ ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ މައުލޫމާތު ކަމާގުޅޭ އެހެން އިދާރާތަކާއި ހިއްސާކޮށްފައިވާ ކަމަށެވެ.

އަދި އެ އިދާރާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާއިރު މައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.