ރ.ދުވާފަރުން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ ކޭސްގެ އަދަދު 732 އަށް އަރައިފިއެވެ.

ރ.ދުވާފަރު ހެލްތް ސެންޓަރުން ބުނީ ރޭ 12 ޖެހުމާ ހަމައަށް 14 ކޭސް ފެނިފައިވާ ކަމަށެވެ.

ދުވާފަރުން 732 ކޮވިޑް ކޭސް ފެނިފައި ވާއިރު އޭގެ ތެރެއިން 554 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި ދުވާފަރުން އިން 4 މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު ފަރުވާއަށް ބައެއް މީހުން ވަނީ އޭދަފުށި ފެސިލިޓީއަށް ފޮނުވާލާފައި ވެއެވެ.

އެކްޓިވް ކޭސްތަކަށް ބަލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 174 ގައެވެ.

ދުވާފަރަކީ މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެ ހާލަތުގައި އޮންނަތާ އެންމެ ގިނަ ދުވަސްވީ ރަށްތަކުގެ ތެރެއިން ރަށެވެ. ދުވާފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.