”އަމާޒު ވިއްސިިވިހާލި، އަމާޒު ލާހޫރޭ“ ކަމަށް ވިދާޅުވެ އެމްޑީޕީގެ ސްޕޯކްްސްޕާސަން އަދި މާފަންނު އުުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މަލާމާތް އަމާޒުކުރައްވައިފިއެވެ.

އިންތި މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާއަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފައިވާ ނަފުރަތުގެ ބިލު އޮތް ގޮތަށް ފާސްކުރުމަށް އެދިވަޑައިނުގަންނަވާކަމަށް ރައީސް ސޯލިހު ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވަނީ ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލަކީ އެ އޮތް ގޮތަށް ފާސްވާންޖެހޭ ބިލެއް ނޫން ކަމަށާއި މަޖިލީހަށް ފޮނުވާ ބިލުތަކުގައި އިސްލާހުކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. އެ ގޮތުން ނަފުރަތުގެ ބިލު ސަރުކާރުން އޭރު ފޮނުވި ގޮތަށް ފާސްކުރުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށާއި އެއަށް ގެންނަންޖެހޭ އިސްލާހުތަކެއް އެބަހުރި ކަމަށެވެ.

ހަމައެހެންމެ އެ މަނިކުފާނު އެދިވަޑައިގަންނަވަނީ އެ އިސްލާހުތަކާއެކީގައި ބިލު ފާސްވެގެން ދިއުންކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ބިލު ދިރާސާކުރާ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް މިއަދު ވިދާޅުވީ، މުސްލިމަކާއި ދިމާއަށް ކާފަރަކަށް ނުވަތަ މުރުތައްދެއްކަމަށް ގޮވުމުގެ ނަތީޖާއެއްގެ ގޮތުން، އެ މީހަކު މަރާތީ އެ ގޮތަށް ގޮވުން ހުއްޓުވުމަށް ސަރުކާރުން އަމިއްލައަށް ބިލެއް ހުށަހެޅުއްވިކަން ފާހަަގަކުރައްވާފައެވެ. އަދި އެ ބިލު ހުށަހެޅުއްވުމަށްފަހު، އަނެއްކާ އަލުން އެ ގޮތަށް ގޮވުމުގެ ފުރުސަތު ދިނުމަށް ދީލައިލުމަކީ ”އަމާޒު ވިއްސިިވިހާލި، އަމާޒު ލާހޫރޭ“ ކަމަށެވެ.

އެމްޑީޕީ ތެރޭގައި ވަނީ ބައިބައިވުމުގެ އަޑުގަދަވެފައެވެ. އެމްޑީޕީގެ ތެރޭގައި ވަނީ ދެ ފެކްޝަންއެއް އެފެދިފައެވެ.