ރިޔާސަތުގެ ދެވަނަ ދައުރެއް ހިންގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުންގެ ތާއީދު ނުލިބޭނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ދިވެހި ޗެނަލްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، އިންޑިއާއިން ރާއްޖޭގެ މައްޗަށް ވެރިވެގަންނަމުންދާ ކަމަށާއި އެކަން އެހެން ވަނީ ރާއްޖޭގެ ތިބި ވެރިންގެ "ވިސްނުން ތިލަވުމުން" ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވައިފި ނަމަ އެ އިންތިހާބަކުން އެމަނިކުފާނު ބަލިވެވަޑައިގަންނަވާނެ ކަަމުގެ އެއްވެސް ޝައްކެއް ނެތް ކަމަށް އުމަރު ވިދާޅުވިއެވެ.
އިންޑިއާގެ މީހުން މިހާރު އަންނަނީ އެމީހުންގެ މީހުން އިދިކޮޅު ޕާތީތަކުގެ ތެރެއަށް ވެއްދުމަސް މަސައްކަތް ކުރަމުން ކަމަށް އުމަރު ފާހަގަ ކުރެއްވިއެވެ. އެގޮތަށް އިންޑިއާއިން މަސައްކަތް ކުރާ ސަބަބު ހާމަ ކުރައްވަމުން އުމަރު ވިދާޅުވީ އެއީ ރައީސް ސޯލިހް އަންނަ ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަންނަވާނެ ކަން އަވައްޓެރި އިންޑިއާ އަށް ވެސް އެނގޭތީ ކަމަށެވެ.
ރައީސް ސޯލިހް އަށް ދެން ރައްޔިތުންގެ ތާއީދު ނުލިބޭނެ ކަމަށް އުމަރު ވިދާޅުވެފައި ވާއިރު، އޭނާ ވަނީ މިހާރު ވެރިކަން ކުރަމުންދާ މައި ޕާޓީ އެމްޑީޕީއަށް ވެސް ދެން ރާއްޖޭގެ ވެރިކަން ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އެކަނިމާ އެކަނި އޭނާ ވާދަކުރައްވާ އިރު އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި، އިންޑިއާ މީހުން ރާއްޖެއަށް އަތްގަދަ ކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަން ކުރެއްވޭނީ އޭނާއަށާއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ އެކަމާ ދެކޮޅަށް އުމަރު ނަސީރު އަންނަނީ އަބަދުވެސް ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އިންޑިއާ ސިފައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭތިއްބުމުގެ ނޭދެވޭ އަސަރު ފެންނާނެ ކަމަށާއި އެއީ ދިވެހިންގެ މިނިވަން ކަމަށް އަސަރު ކުރާނެ ކަމެއް ކަމަށް އުމަރު މީގެ ކުރިންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
އުމަރު އިބޫއަށްވުރެ މަތީ ސުކޯއެއް ނެރޭނެ މިފަހަރު.
ސްލޯލިހުއަށްވެސް ހަމަ ޔަގީން އިބްރާހީމް މުހައްމަދު ސޯލިހު ދެން އަންނަ އިންތިހާބެއްގަ ބަލިވާނެކަން.
ޞާލިޙު 5% އަށް ވުރެ މަތި ނުވާނެ ޢުމަރަކީ 2% ގެ ދަށުން މިނާނެ މީހެއް
އަދި އުޅޭނެ އިންތިޚާބުގަ ކުރިމަތި ނުލެވޭ މީހެއްވެސް.