ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަގެ ތުހުމަތުގައި ރޭ މެންދަމުގެ ވަގުތެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ޖިންސީ ގޯނާކޮށްފައިވަނީ އާއިލީ ގޮތުން ގުޅުން އޮތް 14 އަހަރުގެ އަންހެން ކުއްޖަކަށެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މިފަދަ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މިއްސަލައާއި ގުޅިގެން ހައްޔަރު ކުރީ ކާކު ކަމެއް އަދި މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ދަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.