ހއ. ތަކަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކޮވިޑް ކޭސްއެއް ތަކަންދޫއިން ފެނި އެރަށް މޮނިޓަރިން ހާލަތަށް ލާފައި ވަނީ މިއަދު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ތަކަންދޫ ކައުންސިލްގެ ރައީސް ހުސެއިން ނައީމް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި އަންހެނަކު ޕޮޒިޓިވް ވުމުން ކަމަށެވެ. މިހާރު ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ކަމަށްވެސް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ޕޮޒިޓިވް ކޭސްއެއް ފެނިގެން ތަކަންދޫ މޮނިޓަރިއަށް ލިޔެވެ.

ކޮވިޑް ބަލިމަޑުކަން ރަށުގައި ފެތުރެމުން އަންނަ އިރު މިހާރު މޮނިޓަރިންގެ ހާލަތަށް 11 ރަށެއް ވަނީ ލާފައެވެ. އެއީ ހއ. ތަކަންދޫ، ހއ. ދިއްދޫ ހދ. ކުޅުދުއްފުށި، ށ. ފޯކައިދޫ، ށ.ފީވައް، މ. ކޮޅުފުށި، ރ. ދުވާފަރު، ކ ކާށިދޫ، ގއ. ކޫއްޑޫ އަދި ގދ. ނަޑެއްލާ އާއި ފުވައްމުލަކެވެ.

މިފަހަކަށް އައިސް، އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވް ވަމުން ދާ މިންވަރު އިތުރު ވަމުން ދާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.