އިނގިރޭސި ޖާސޫސީ އޭޖެންޓް "ޖޭމްސް ބޮންޑް"ގެ ގޮތުގައި މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ބަތޮލް ޑެނިއަލް ކްރެއިގް، ބޮލީވުޑްގެ މަޝްހޫރު ފިލްމް "ރަންގް ދޭ ބަސަންތީ" ގެ ރޯލަކަށް އެދި އޮޑިޝަނަށް ދިޔަ ކަމަށް، އާރްޑީބީގެ ޑައިރެކްޓާ، ރާކޭޝް އޯމްޕްރަކާޝް މެހްރާ، އޭނާގެ ހަޔާތުގެ ދަތުރުނާމާ "ދަ ސްޓްރޭންޖާ އިން ދަ މިރާ" ގައި ބުނެފިއެވެ.

މެހްރާ ބުނާ ގޮތުގައި، ބްހާގަތު ސިންހް، ރާޖްގުރޫ އަދި ސުހްދޭވް ގޮވައިގެން ދަންޖަންސާދާ ޖޭމްސް މެކިންލޭގެ ރޯލުގެ އޮޑިޝަންގައި ބައިވެރިވި ޑެނިއަލް ކްރެއިގް ނޫން ދެވަނަ ދެމީހެއް ނޫން ކަމަށެވެ. އަދި ފުރަތަމަ އިހުތިޔާރަކީވެސް ޑެނިއަލް ކްރެއިގް ކަމަށާ، ނަމަވެސް، "ޖޭމްސް ބޮންޑް"ގެ ދެން އޮތް ފިލްމާ މެދު ގޮތެއް ނިންމަން ވަގުތު ކޮޅެއް ދިނުމަށް ޑެނިއަލް ކްރެއިގް އެދުނު ކަމަށް މެހްރާ، އޭނާގެ ފޮތުގައި ލިޔެފައިވެއެވެ.

އޭނާ އޭރު އަމާޒު ހިފާފައި ހުރީ ބައިނަލްއަގުވާމީ ފެންވަރުގެ ފިލްމު އުފައްދަން ކަމަށާ، އެލިސް ޕެޓަންއާއި ސްޓީވަން މެކިންޓޮޝް، ސޫ އާއި ޖޭމްސް މެކިންލޭގެ ރޯލުން ފެނިގެން ދިއުމުގެ ފަހަތުގައި ތިބީ، އާރްޑީބީގެ ވާހަކައަށް އިންތިހާއަށް ލޯބިކުރި، ޕްރޮޕިއުސަރުންތަކެއް ކަމަށާ، އެއީ ލަންޑަންގެ ޕްރޮޑިއުންސަރުންތަކެއް ކަމަށެވެ.

އިނގިރޭސި މިއުޒިކީ ދުނިޔޭގެ އެންމެ އުހުގައި ފިޔަ ޖަހާ ޕީޓާ ގެބްރިއޭލްއާއެކު އެއްބަސްވުން ހެދުމާ އިންތިހާ ގާތަށް ދެވުނު ކަމަށާ، ނަމަވެސް އެންމެ ފަހު ވަގުތު އޭއާރް ރަހުމާނަށް ނިންމީ، އޭނާގެ ނަފުސު އެކަމަށް އެދުމުން ކަމަށްވެސް މެހްރާ ވަނީ ބުނެފައެވެ.