މާލެގައި ޗައިނާގެ އެމްބަސީ ހުންނަ ސަރަހައްދުގައި ޒުވާނުންގެ ބަޔަކު ނިކުމެ މުސްލިމުންނަށް ޗައިނާ އިން ކުރާ އަނިޔާގެ މައްޗަށް އަޑުއުފުލާ މުޒާހަރާ ކޮށްފިއެވެ.
މި މުޒާހަރާގައި 20 އަކަށް ޒުވާނުން ބައިވެރިވެފައި ވާއިރު އެ ޒުވާނުން ވަނީ ޗައިނާއާ ދެކޮޅު ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް އުފުލާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ޗައިނާގެ ދަރަނީގެ ދަންތުރައިގައި ރާއްޖެ ޖައްސާފައިވާ ކަމަށް ލިޔެފައިވާ ބޯޑުތަކާއި ޗައިނާ ހުއްޓުވަން ޖެހޭ ކަމަށް ބުނެ ޝުއޫރު ލިޔެފައިވާ ބޯޑްތައް ބޭނުން ކޮށްފައެވެ. އަދި "ޗައިނާ އައުޓް" ލިޔެފައިވާ ބޯޑްތަކެއް ވެސް ގެންގުޅެފައި ވެއެވެ.
ފުލުހުން ބުނީ، ޗައިނާ އެމްބަސީގައި ކައިރީގައި ބަޔަކު މުޒާހަރާ ކުރަން އުޅޭ ކަން އެނގިފައިވާތީ އެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން ވަނީ އެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ.
މިއީ ރާއްޖޭގައި ޗައިނާއާ ދެކޮޅަށް އަޑު އުފުލި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގައި ވަނީ އެތައް ފަހަރަކު އިންޑިއާއާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާ ކޮށްފައެވެ.
ޗައިނާ ސަރުކާރާއެކު ރާއްޖެ އޮތް ގުޅުން ވަރުގަދަ ވެފައި ވަނީ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައެވެ. އެ ވެރިކަމުގައި ޗައިނާގެ އެހީގައި ރާއްޖެއަށް ގިނަ ކަންކަން ކޮށްދީފައިވާ އިރު ތަރައްގީގެ ގިނަ މަޝްރޫތައް ފެންނަން އެބަހުއްޓެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ވަނީ އިންޑިއާ އެކު ގާތް ގުޅުމެއް ބާއްވާފާއެވެ. އަދި ކުރީ ސަރުކާރުން ޗައިނާއާ އެކު ބޭއްވި ގާތްގުޅުމަށް އެންމެ ބޮޑަށް ފާޑު ވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
ޢަންނިގެ ޕަޕެޓުން