ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން މިއަދު ހެނދުނު މާލެ ވަޑައިގެންފައިވާ ކަމަށެވެ.

ރައީސްގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންނެވީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އެއީ އަޟްހާ އީދު ދުވަހެވެ.

ރަައީސްގެ ދަތުރުފުޅުގެ ތެރެއިން ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާ ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން، ފެސިލިޓީތަކަށް ބުރަ ނުވާނެ ގޮތަށް އެޅި ފިޔަވަޅުތައް ފާހަގަ ކުރައްވައި މި ބަލިމަޑުކަމުން އަރައި ގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަ ކުރުމަށް ކަމުގައި ދެ ގައުމުގެ ވެރިން ވެސް ފާހަގަ ކުރެއްވިއެވެ.

ރައީސް އީޑަށް ސްޜިލަންކާއަށް ވަޑައިގެންފައިވާ އިރު، ފަސްޓް ލޭޑީ ފަޒްނާގެ ބައެއް އާއިލާ ބޭފުޅުން ދިރިއުޅުއްވަނީ ލަންކާގައެވެ.