އަހަރެއްހާ ދުވަހަށް ފަސް ކުރުމަށް ފަހު، ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމާ މެދު އަދިވެސް ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

އެގޮތުން، ޓޯކިޔޯ އޮލިމްޕިކްސް 2020 ކުރިއަށް ކެންސަލް ކުރުމުގެ ފުރުސަތުވެސް އަދި އެބަ އޮތް ކަމަށް މައުލޫމާތު ލިބެއެވެ.

ޓޮކިޔޯ އޮލިމްޕިކްސް 2020 ގެ އިންތިޒާމް ކޮމިޓީގެ އިސްވެރިޔާ، ޓޮޝީރޯ މޫޓޯ ވިދާޅުވީ، އިންފެކްޝަން ނަމްބަރުތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާ، ކޮންމެހެން ކުރަންޖެހިއްޖެ ހިނދެއްގައި "މަޝްވަރާތައް" ކުރިއަށް ގެންދާނެ ކަމަށެވެ.

ހުކުރު ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ އޮލިމްޕިކްސް ކުޅިވަރު މުބާރާތާ ގުޅޭ 70 މީހަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީ (އައިއޯސީ)ގެ ރައީސް ވަނީ، މުބާރާތް ކެންސަލް ކުރުމަކީ "އޮތް ފުރުސަތެއް ނޫންކަމަށް" ވިދާޅުވެފައެވެ.

ނަމަވެސް މޫޓޯ ވަނީ، މި ދަނޑިވަޅުގައި ކޭސްތައް މައްޗަށް ވެސް އަދި ދަށަށް ވެސް ހިނގައިދާނެ ކަމަށެވެ. އަދި މަޝްވަރާތައް ކުރިއަށް ދާނީ ހާލަތާ ގުޅޭ ގޮތުން ކަމަށެވެ.

ޓޯކިޔޯ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ރަސްމީ ފެށުން ހުކުރު ދުވަހަށް ތާވަލު ކޮށްފައި އޮތް ނަމަވެސް، ބައެއް ކުޅިވަރު އިވެންޓްތައް މިހާރު ވެސް ވަނީ ފަށާފައެވެ.