ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު، އީދު ޗުއްޓީއަށް ސްރީލަންކާއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ޖުލައި 23، 2021 ވާ ހުކުރު ދުވަހު ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ސްރީލަންކާގައި ރައީސްގެ އަނބިކަނބަލުންގެ އާއިލީ ބޭފުޅުން ދިރިއުޅުއްވައެވެ.

މިއަހަރު އީދު ޗުއްޓީއާއި ޖުލައި 26 ގެ ބަންދާއެކު ދިވެހިންނަށް ވަނީ ބޮޑު ބަންދެއް ލިބިފައެވެ.

މިމަހުގެ 16 އިން 31 އަށް ބަންދު ކޮށްފައި ވާއިރު ދެން ސަރުކާރު ހުޅުވޭނީ އޮގަސްޓް 1 ގައެވެ.