ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އެމެރިކާގެ ބިލިއަނަރު ޖެފް ބެޒޯސް ޖައްވަށް ގޮސް ބިމަށް އައިސްފިއެވެ. އުމުރުން 57 އަހަރުގެ ބިލިއަނަރު ޖައްވަށް ދިޔައީ މިއަދު ރާއްޖެ ގަޑިން އިރުއޮށްސި 6 ޖެހި އިރުއެވެ.

ޖައްވުގައި ގްރެވިޓީ ނުހުނަ ހިސާބު (ސްޕޭސްއާއި ދުނިޔޭގެ ސަތަހަ ގުޅޭ ހިސާބު) މަތީގައި 10 މިނެޓް ހޭދަކުރިއެވެ.

އިނގިރޭސި ބިލިއަނަރު ރިޗާޑް ބްރޭންސަން ޖައްވުގެ އެހިސާބަށް ދިޔަތާ 9 ދުވަސް ފަހުން ބެޒޯސް ކުރި ދަތުރުގައި އޭނާގެ ބޭބެއާއި 18 އަހަރުގެ ކިޔަވާ ކުއްޖަކާއި އުމުރުން 82 އަހަރުގެ ސްޕޭސް ތަޖުރިބާކާރެއް ބައިވެރިވިއެވެ.

ބެޒޯސް އާއި ބްރޭންސަން ގެ ޖައްްވީ ދަތުރުގެ ބޭނުމަކީ ސްޕޭސް ޓޫރިޒަމް އަށް މަގު ހުޅުވާ، ވިޔަފާރިއެއްގެ ގޮތުގައި އާންމުންނަށް ޖައްވަށް ދެވޭނެ މަގު ފަހުކޮށް ދިނުމެވެ. ސްވިސް ބޭންކުގެ ދިރާސާއެއް ބުނާ ގޮތުން ޖައްވީ ފަތުރުވެރިކަމަކީ އަަހަރަކު 3 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ފުޅާ ފަތުރުވެރިކަމަކަށް ވާނެއެވެ.