އައްޑޫ ސިޓީގެ މޮނިޓަރިންގެ ހާލަތުގައި އޮތް ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ މޮނިޓަރިން އިން ނަގައިފިއެވެ.

ކޮވިޑް ފެތުރެން ފެށުމާއެކު އައްޑޫ ސިޓީގެ މި ރަށްތައް މޮނިޓަރިންގެ ހާލަތަށް ބަދަލުކުރީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުއެވެ. މޮނިޓަރިންގެ ހާލަތުން ނެގީ މޮނިޓަރިން ހާލަތުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް އޮންނަތާ 80 ދުވަސް ފަހުންނެވެ.

އައްޑޫގެ ސިޓީގެ މި ރަށްތައް މޮނިޓަރިން އިން ނެގުމުން މިހާރު މޮނިޓަރިންގ ހާލަތުގައި ހުރި ރަށްތަކުގެ އަދަދު 14 އަށް ވަނީ ތިރިވެފައެވެ.

އައްޑޫ އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން އާއްމުކޮށްފައި ވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރެއާ ހަމައަށް އައްޑޫން 546 މީހަކު ކޮވިޑަށް ޕޮޒިޓިވް ވަނީ ވެފައެވެ. އަދި އައްޑޫގައި ތިބީ 70 އެކްޓިވް ކޭސް ކަމަށް އެ ސެންޓަރުން ރޭ ބުނެފައި ވެއެވެ. މިއަދާ ހަމައަށް އައި އިރު އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ.