މީހުން ދަތުރު ކުރަނީ އުސޫލާ އެއްގޮތަށް ތޯ ކައުންސިލްތަކުން ބަލަންޖެހޭ ކަމަށް ފުލުހުން ބުނެއްޖެއެވެ.

ފުލުހުން ބުނީ ދަތުރުކުރާ މީހުން ދަތުރުކުރަނީ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމަކީ ކައުންސިލްތަކުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެށް ކަމަށެވެ.

އުސޫލާ ހިލާފަށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރާކަމުގެ ޝަކުވާއެއް ލިބިއްޖެނަމަ، އެކަމާގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލާ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިމުނަށް ސަރުކާރުން ނިންމާފައިވާ އިރު މޮނިޓަރިން ހާލަތުގައި ނުހިމެނޭ ރަށްރަށަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށް 14 ދުވަސްވެފައިވާ މީހުންނަށް 72 ގަޑިއިރުގެ ފީސީއާރުގެ ނެގެޓިވް ނަތީޖާ އަކާއިއެކު ދަތުރުކުރެވޭނެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 258،525 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

މިފަހަކަށް އައިސް ވެކްސިން ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ޖަހާ މީހުންވަނީ އިތުރުވެފައެވެ. އެއީ ރާއްޖޭގައި އަނެއްކާވެސް ކޮވިޝީލްޑް ވެކްސިން ޖަހަން ފެށުމުންނެވެ.

އެ ގޮތުން މި ވެކްސިން ރާއްޖޭގައި އަނެއްކާ ޖަހަނަ ފަށާފައި މި ވަނީ މިމަހު ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ.