މާދަމާ އާއި އަދި އަންގަރަ ދުވަހު މާލޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގާ ސެންޓަރުތައް ބަންދު ވާނެ ކަމަށް އެޗްޕީއޭ އިން ބުނެފިއެެވެ.

އެޗްޕީއޭ އިން ބުނީ މާލޭ ސަރަހައްދުގުގައި ސާމްޕަލް ނަގާ ސެންޓަރުތައް ޖުލައި 19 އަދި 20 ވަނަ ދުވަހު ބަންދު ވާނެ ކަމަށެވެ. އެދެދުވަހު ސެންޓަރުތައް ބަންދު ކުރަނީ ހައްޖު ދުވަހާއި އަދި އަލްހާ އީދުގެ ފުރަތަމަ ދުވަސް ކަމަށް ވާތީއެވެ.

ކޮވިޑް19 ގެ ޑައިރެކްޓް ކޮންޓެކްޓުންނާއި ކަރަންޓީން ނިންމަން ވެގެން ސާންޕަލް ނަގަން ޖެހޭ މީހުންގެ ސާންޕަލް ކުރިއަށް އޮތް ދެދުވަހު ނަގާނީ އާރްޓީޓީ ޓީމުން ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މިހާރު ކޮވިޑް ސާންޕަލް ނެގުން ކުރިއަށް ގެންދަނީ ސެނަހިޔާ ފްލޫ ކްލިނިކާއި، ހުޅުމާލޭ ފްލޫ ކްނިކާއި އަދި ވިލިމާލޭ ފްލޫ ކްލިނިކްގައެވެ.

މާލޭ މަގުމަތީގައި މިހާރެކޭ އެއްގޮތައް އާރްޓީޓީ ޓީމްތައް ކުރިއަށް އޮތް ދެދުވަހު ހަރަކާތްތެރި ވާނެކަން ނުވަތަ ނޫންކަން އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

ފްލޫ ކްލިނިކްތައް ދެދުވަހަށް ބަންދު ކުރާއިރު ކޮވިޑް-19 އަށް އެޅި ފިޔަވަޅުތަކަށް ދިން ލުއިތަކާއިއެކު ދެޑޯޒް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ކޮވިޑް ޓެސްޓް ކުރުމަށް ފަހު ދަތުރު ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އެއާއިއެކު ގިނަ ބަޔަކު މިހާރު ވެސް އަންނަނީ ފްލޫ ކްލިނިކްތަކަށް ގޮސް ޓެސްޓް ކުރުމަށް ފަހު ރަށްތަކަށް ދަތުރު ކުރަމުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5327 މީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ.