އޮލިމްޕިކްގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް އެސްޓީއޯއިން ބައެއް ތަކެތި ހަދިޔާ ކޮށްފިއެވެ.
އެސްޓީއޯގެ ފަރާތުން އޮލިމްޕިކް ކޮމިޓީއަށް މިއަދު ތަކެތި ހަވާލު ކުރުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ތަކެތި ހަވާލުކޮށް ދެއްވީ އެސްޓީއޯ މެޑިކަލް ސާވިސްގެ ޖެނެރަލް މެނޭޖާ ހުސައިން ރާއިދް މުހައްމަދުއެވެ.
އެސްޓީއޯއިން ބުނީ އޮލިމްޕިކްސް ގޭމްސް ގައި ބައިވރިވާ ދިވެހި އެތުލީޓުންނަށް ހަދިޔާކޮށްފައި ވަނީ ކުޅިވަރު ކުޅުންތެރިންގެ މެދުގައި މަގުބޫލު މުލާގެ އުފެއްދުންތަކެއް ކަމަށެވެ.
މުލާ އަކީ މަތީ ފަންތީގެ ފާމަސޫޓިކަލް ބްރޭންޑެއް ކަމަށާއި އެ ބްރޭންޑްގެ ހުޅުގާޑާއި ބޭންޑާއި ޓޭޕް އަދި އެހެނިހެން އެތައް ސާމާނެއް މިއަދު ހަދިޔާ ކޮށްފައި ވާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.