ޓެކްނޮލޮޖީގެ ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުންތަކާއެކު ވީޑިއޯ ގޭމިންގް ސިނާއަތަށް އައި ބޮޑު ބަދަލުގެ ނަތީޖާއެއްގެ ގޮތުން، ގޭމް ކުޅޭ އުސޫލަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ އަދުގެ ދުނިޔޭގައި، މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ގޭމްގެ ޝަރަފު، 1996 ވަނަ އަހަރުގެ ވީޑިއޯ ގޭމް، ސުޕާ މާރިއޯ 64 އިން ކަށަވަރު ކޮށްފިއެވެ.

ސުޕާމާރިއޯ މާރިއޯއިން މި ޝަރަފު ކަށަވަރު ކޮށްފައި ވަނީ، 1996 ވަނަ އަހަރު ތައާރަފުކުރި އެ ގޭމްގެ ކާޓިރިޖެއް، ނީލަމެއްގައި 15600000 ޑޮލަރަށް ވިކުނު ހިސާބުންނެވެ. މި ކާޓްރިޖަކީ އެ ގޭމްގެ އެންމެ ފުރަތަމަ ވާޝަންތަކުގެ ތެރޭގައި ގުނާލެވޭ ކާޓްރިޖެކެވެ.

އަދި މިއީ 25 އަހަރު ވީ ގޭމްގެ އެންމެ ސައްހަ އަދި ސާފު ކާޓްރިޖް ކަމަށް ހަބަރު ލިބެއެވެ.

ރެކޯޑް އަގަކަށް މި ކާޓްރިޖް ގަތީ ކާކުކަމެއް އަދި ސާފެއް ނުވެއެވެ.

ޖޫން 23، 1996 ގައި ސުޕާ މާރިއޯ 64 އެންމެ ފުރަތަމަ ތައާރަފު ކުރީ ޖަޕާންގައެވެ. އޭގެ ފަހުން، ސެޕްޓެމްބަރު 29، 1996ގައި އުތުރު އެމެރިކާއަށް އަދި މާޗް 1، 1997 ގައި ވިލާތަށް މި ގޭމް ތައާރަފު ކުރިއެވެ.

މިހާތަނަށް އެންމެ އަގުބޮޑު ވީޑިއޯ ގޭމްގެ ޝަރަފު އޮތީ ދެ ލެޖެންޑް އޮފް ޒެލްޑާގެ އަތުގައެވެ. އެއީ 870000 ޑޮލަރުގެ އަގަކާއެކުގައެވެ.