ސަލްމާން މިސްކިތް ކައިރީ މާރާމާރީއެއް ހިންގައި މީހަކު ޒަހަމް ކޮށްލައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ސަލްމާން މިސްކިތް ކައިރީގައި 3 މީހަކު ވެގެން މާރާމާރީއެއް ހިންގާފާވާ މައްސަލް މިއަދު ގާތްގަނޑަކަށް 15:55 ހާއިރު ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.

މި މާރާމާރީގައި 20 އަހަރުގެ ފިރިހެނަކަށް އަނިޔާ ވެފައި ވާއިރު، އެ މީހާ މިހާރު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މާރާމާރީގެ އިތުރު ތަފްސީލެއް އަދި މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމެއް އަދި ނުކުރާ ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.