މި މަހުގެ 21 ވަނަ ދުވަހުގެ ރޭ މަރާލާފައި ފޮއްޓަކަށްލާފައި އޮއްވާ ހުޅުމާލެ ފޭސް 2 އިން ފެނުނު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު އެ ސަރަހައްދަށް ގެންދިޔުމަށް ބޭނުން ކުރި ކާރު ފުލުހުން މިއަދު ބަލައި ފާސްކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެ މައްސަލައާ ގުޅިގެން އެ ކުއްޖާގެ ހަށިގަނޑު އެ ސަރަހައްދަށް ގެންދިޔުމަށް ބޭނުންކުރި ކާރު ބަލައި ފާސްކުރިކަން ނޫސްތަކަށް ކަށަވަރު ކޮށްދީފައެވެ.

އިތުރަށް ފުލުހުން ބުނީ އެ ކާރަކީ ޓެކްސީއެއް ކަމަށާއި އަދި ތަހުގީގު ކުރިޔަށް ދާތީވެ އެ ކާރު ބަލައި ފާސްކުރުމާ ގުޅިގެން އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

މި މައްސަލާގައޮ ކާރުގެ ވެރިފަރާތާ އެއްވެސް ގުޅުމެއް އޮތްކަމެއް އަދި ކާރުގެ ތެރެއިން އިތުރު ހެއްކެއް ފެނުނުކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.