ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސްރީނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި އެކަމަނާގެ ހާލުކޮޅު ރަނގަޅު ކަމަށާ، މިވަގުތު ހުންނެވީ ގޭގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެކަމަނާ ކޮވިޑަށް ޕޮޒިޓިވިކަން އެނގުނީ ކޮވިޑްގެ އަލާމާތްތަކެއް ހުރުމުން ޓެސްޓް ކުރުމުން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސްރީނާ ވަނީ ވެކްސީންގެ ދެ ޑޯސް ވެސް ފުރިހަމަކޮށްފައެވެ.

ނަސްރީނާ ކޮވިޑަށް ޕޮޒިޓިވް ވިއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މައުމޫން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ވެސް ވަނީ ހޯއްދަވާފައެވެ.