އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ މާބަނޑު އަންހެނަކު އެމްބިއުލާންސް ތެރެއަށް ވިހާ، ދަރިފުޅު މަރުވި ހާދިސާގައި އެ މައްސަލަ ބަލާކަމަށް ބުނި އިރު އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ ކޮންތަނެއްގެ އެމްބިއުލާސެއް ގައި ކަމެއް އައިޖީއެމްއެޗަކަށް ނޭނގެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައިޖީއެމްއެޗަށް ގެންދިޔަ މާބަނޑު އަންހެނަކު ވިހޭ ކުއްޖާ މަރުވެފައިވާ ކަމަށާއި އަންހެން މީހާއަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި ފަރުވާދެމުންދާ ކަމަށެވެ.

އެހާދިސާ ގުޅިގެން މީޑިއާގައި އެކި ވާހަކަތައް ދެކެވޭތީ އައިޖީއެމްއެޗްގެ މެޑިކަލް ޓީމުން އެކަންތައް ބަލަމުންދާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަދި އަޅުގަނޑުމެންނަކަށް ނެތް ވަކި އެއްޗެއް ބުނެވޭކަށް، މެޑިކަލް ޓީމުން ބަލަމުންދާ ކަމެއް ވީމަ އޭގެ އިތުރަށް
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް

އެއަންހެންމީހާ ގެންދިޔަ އެމްބިއުލާސްގައި މާބަނޑު މީހަކަށް ފަރުވާއެއް ދެވޭނެ އެއްވެސް ވަސީލަތެއް ނެތްކަމަށް ދެކެވޭ ވާހަކަ ސާފުކުރަން އެހުމުން މީޑިއާ އޮފިޝަން ވިދާޅުވީ އަންހެން މީހާ ގެނައީ އައިޖީއެމްއެޗްގެ އެމްބިއުލާސްގައި ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގޭ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔަ އަންހެން މީހާ ވިހާފައި ވަނީ އެމްބިއުލާންސް ތެރެއަށެވެ. އަދި އެ އެމްބިއުލާސްގައި އެފަދަ ހާލަތެއްގައި ފަރުވާދެވޭނެ ރަނގަޅު އާލާތެއް ނެތްކަން ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

ދަރިފުޅު އެމްބިއުލާންސް ތެރެއަށް ވިހާ މަރުވެފައި ވާއިރު ދާދިފަހުން އެމްބިއުލާންސް ލަސްވުމުގެ ސަބަބުން ކޮވިޑު ބަލީގައި ކުޑަކުއްޖަކު މަރުވި މައްސަލައެއް ހިނގައިގެން އެ މައްސަލަ އަންނަނީ ބަލަމުންނެވެ.