ރާއްޖެއިން އިތުރު 1417 މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްއީއޯސީން ބުނީ ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 5581 ސާމްޕަލެއް ޓެސްޓް ކޮށްފައި ވާއިރު، އޭގެތެރެއިން 1417 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 1097 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 17 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 303 މީހެކެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓްމިއަދު ޕޮޒިޓިވްވި އަދަދު: 1417

ކޮވިޑް އެކްޓިވް ކޭސް: 24،057

ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 282

ކޮވިޑް މަރުގެ ޖުމްލަ އަދަދު: 139

ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 57،341

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 33،136

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯހުން ގޯހަށް ދާއިރު، މިއަދު އެކަނި މިހާތަނަށް ވަނީ 10 މީހަކު މަރުވެފައެވެ. އޭގެ ތެރެއިން 8 މީހުން މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

1000 މަތީގައި މާލޭގެ ކޮވިޑް ކޭސްތައް އުޅޭއިރު މިއީ އެއް ދުވަހެއްގެ ތެރޭގައި ކޮވިޑްގައި މިހާ ގިނަ މީހުން މަރުވި ފުރަތަމަ ދުވަހެވެ. އަދި މި މަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 67 އަށް އަރާފައި ވާއިރު، މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 139 އަށް އަރާފައެވެ.