ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ވެރިން ކަންބޮޑުވެ ވަޑައިގެން އުޅުއްވާތައް ފެނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ޕްރޮފެސަރު ހަސަން އުގެއިލް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
އުގައިލް ކަންބޮޑުވުން ފާޅު ކުރައްވާފައި މިވަނީ ރާޢްޖޭގައި ކޮވިޑްގައި މަރުވާ އަދަދުތައް މަތިވެ ޕޮޒިޓުވް ވާ އަދަދުތައް ގިނަވެގެންނެވެ.
އުގެއިލް އެފަދައިން ވިދާޅުވެފައި ވާއިރު، ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް ނާޅާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން ކުރީގެ ބަންޑާރަ ނާއިބް ދިޔާނާ ސައީދު ވިދަޅުވީ މިއީ ނިދާފައި އޮތް ދައުލަތެއް ކަމަށާއި ފުރާނަތައް ގެއްލި ނިމިދަނީ، އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ތިއްބާ ކަމަށެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތައް ރިޕޯޓް ކުރަމުން އަންނަ އަދަދު ދަނީ ދުވަހެއް ދުވަހެއް މައްޗަށެވެ. ބެކްލޮގާއެކު އިއްޔެ ރިޕޯޓް ކުރި ކޭސްގެ އަދަދު ވަނީ 1960 އަށް އަރާފައެވެ. މިހާތަނަށް މިމަހު ރިޕޯޓު ކުރި ޖުމްލަ ކޭސްގެ އަދަދުވެސް މިއުޅެނީ 24،530 ގައެވެ. ހަމައެއާއެކު މިވަގުތު ބަލި ޖެހިފައި ތިބި 22،421 މީހުންގެ ތެރެއިން 294 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.
ޕޮޒިޓިވްވާ އަދަދު ނޫނަސް މި ބަލީގައި މި މަހު މަރުވި މީހުންގެ އަދަދަކީ ވެސް ރެކޯޑެކެވެ. މި މަހު ޖުމްލަ 52 މީހަކު މި ބަލީގައި މަރުވެފައި ވާއިރު، މިއަދު ވަނީ 2 މީހަކު މި ބަލީގައި މަރުވެފައެވެ.
އެންމެ ފުރަތަމަ ރާއްޖޭގައި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެފައ ވަނީ ވަނީ މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހުއެވެ. މިއަދާ ހަމައަށް 442 ދުވަސް ވެފައިވާ އިރު މި މަހުގެ ތެރޭގައި ކޮވިޑް ހާލަތުން މިވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ކޭސްތައް ގިނަވެ ފަރުވާ ދޭން ޖެހޭ މީހުން ގިނަވަމުން ދާތީ މި ވަގުތު ސިއްހީ އެހީތެރިންގެ ގޮތުގައި މަސައްކަތް ކުރަން ތިބި މީހުންގެ ކެޕޭސިޓީއަށް ނުފެތޭ ހިސާބަށް ހާލަތު މިވަނީ ގޮސްފައެވެ.
ލޯކަލް ކައުންސިލް އިންތިހާބު ނިންމާލިގޮތައް އަދި ހަމަޔަކައް ނޭޅިފަތިބީ.! ޢެހެންނޫނަސް ހިއެއްނުވޭ އެހާކަންބޮޑުވެގެން އުޅޭހެނެއްވެސް. މިސަތުކާރުން ކަންތައްކުރާނީ ވަރައް ވިސްނާފަ. ޙަމަކަމެއްކުރާކައް ކަމެއް ނުކުރާނެ. ކުޑަލަސްކަމެއް އުޅެނީ. އެއީދެން ދުވެލިހުންނަވަރު
މަގޭ ސުވާލަކީ މިބައިމީހުންނަށް ސަރުކާރެއް މެނޭޖް ކޮށް ވެރިކަމެއް ކުރެވިދާނެ ކަމަށް އުގައިލު މެން ހަމަ ހީކުރީމުހޭ؟ އެހެންވިއްޔާ އުގައިލު ވެސް އަދި ހަމަ ވަރަށް ޅައޭ ބުނެވޭނީ.
ބަޔަކު ކަންބޮޑުވެ ބިރުގަތަސް މިސަރުކާރަށް އިގޭ މީއާދައިގެ ރޯގާއްކަން
ސަރުކާރުން އުޅުނީ ލޯކަލް ކައުންސިލް އިންތިޚާބު ކޮންމެ ގޮތެއް ހަދާފަވެސް ބާއްވަން އެޗްޕީއޭއަށް ޕްރެޝަރ ކޮށްގެން މުޅި ރާއްޖޭގައި އިންތިޚާބުގެ ހަރަކާތްތައް ބާއްވައިފި އެއާ އެކު މުޅި ރާއްޖެއަށް މިވަނީ ކޮވިޑްގެ ބަލިމަޑުކަންވެސް ފެތުރިގެން ގޮސްފަ ސުވާލަކީ ލޯކަލް އިންތިޚާބުގެ ސަބަބުން ރައްޔިތުންނަށް ވީ ކޮން ފައިދާއެއް ހޭ ލިބުނު ގެއްލުން މިހާރު މިފެންނަނީ....