މިއަދު ރާއްޖެއިން ކޮވިޑް19 އަށް 1603 މީހުން ޕޮޒިޓިވް ވެ އެކްޓިވް ކޭސްގެ އަދަދު 21،000 އަށް އަރައިފިއެވެ.

އެޗްއީއޯސީން ބުނީ ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 6320 ސާމްޕަލެއް ޓެސްޓް ކޮށްފައި ވާއިރު، އޭގެތެރެއިން 1603 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 1025 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 7 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 571 މީހެކެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓް

  • މިއަދު ޕޮޒިޓިވްވި އަދަދު: 1603
  • ކޮވިޑް އެކްޓިވް ކޭސް: 21،079
  • ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 286
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 120
  • ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 52،405
  • ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 31،197

މި މަހު ޖުމްލަ 47 މީހުން މި ބަލީގައި މަރުވެފައި ވާއިރު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ 4 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ. އެއީ މިރޭ މަރުވި އުމުރން 57 އަހަރުގެ ދިވެހި އަންހެނަކާއި މެންދުރު ފަހު މަރުވި 56 އަހަރުގެ ދިވެހި ފިރިހެނަކާއި ރޭ ފަތިހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި މިއަދު ހެނދުނު މަރުވި 77 އަހަރުގެ ދިވެހި އަންހެނެކެވެ. މި ތިން މީހުންނަކީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓިގައި ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ.

ވޭތުވެ ދިޔަ 20 ދުވަހުގެ ކޮވިޑް ކޭސްތަކާއި މަރުވި އަދަދުތައް:

  • މެއި 20 - 2194 ޕޮޒިޓިވް ކޭސް، 2 މަރު
  • މެއި 19 - 1187 ޕޮޒިޓިވް ކޭސް، 7 މަރު
  • މެއި 18 - 1465 ޕޮޒިޓިވް ކޭސް، 4 މަރު
  • މެއި 17 - 1433 ޕޮޒިޓިވް ކޭސް، 4 މަރު
  • މެއި 16 - 741 ޕޮޒިޓިވް ކޭސް، 3 މަރު
  • މެއި 15 - 1007 ޕޮޒިޓިވް ކޭސް، 3 މަރު
  • މެއި 14 - 1467 ޕޮޒިޓިވް ކޭސް، 4 މަރު
  • މެއި 13 - 1216 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 12 - 1572 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 11 - 1501 ޕޮޒިޓިވް ކޭސް، 0 މަރު
ކާފިއު ވަގުތު މާލޭގެ މަގުމަތީގައި މީހަކު ސައިކަލު ދުއްވަނީ / ފޮޓޯ: އައިޝަތު ޝާޒްލީން | ދަ ޕްރެސް
  • މެއި 10 - 1204 ޕޮޒިޓިވް ކޭސް، 3 މަރު
  • މެއި 9 - 1091 ޕޮޒިޓިވް ކޭސް، 1 މަރު
  • މެއި 8 - 590 ޕޮޒިޓިވް ކޭސް، 1 މަރު
  • މެއި 7 - 766 ޕޮޒިޓިވް ކޭސް، 5 މަރު
  • މެއި 6 - 703 ޕޮޒިޓިވް ކޭސް، 3 މަރު
  • މެއި 5 - 734 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 4 - 601 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 3 - 585 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 2 - 508 ޕޮޒިޓިވް ކޭސް، 1 މަރު
  • މެއި 1 - 402 ޕޮޒިޓިވް ކޭސް، 0 މަރު

ރާއްޖޭގައި ފުރަތަމަ ކޮވިޑް ކޭސް އެއް ފެނިފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. ކޮވިޑް ބަލި ރާއްޖެއިން ފުރަތަމަ ފެނުނުތާ 439 ދުވަސްވެފައިވާ އިރު މި މަހަކީ މި ބަލީގައި މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ޕޮޒިޓިވް ކޭސް އަދި މި ބަލީގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. މި މަހު ޖުމްލަ 22،570 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މި ބަލީގައި މަރުވި ދިވެހިންގެ އަދަދު މި ވަނީ 105 އަށް އަރާފައެވެ. މިހާތަނަށް މި ބަލީގައި މަރުވި 15 ބިދޭސީއަކާ އެކު މިހާރު މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 120 އަށް އަރާފައެވެ. މިދިޔަ އަހަރު 51 މީހަކު މި ބަލީގައި މަރުވެފައިވާ އިރު މި އަހަރު މަރުވި މީހުންގެ އަދަދު މިހާރު މި ވަނީ 69 އަށް އަރާފައެވެ.

މި މަހު މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 47 އަށް އަރާފައެވެ. އަދި މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހެއް ކަމަށް ރިޕޯޓްކޮށްފައިވާ ދުވަހަކީ 7 މަރާއެކު މިދިޔަ އަންގާރަ ދުވަހެވެ