މިއަދު 1187 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ 1465 ޕޮޒިޓިވް ކޭސްގެ ތެރެއިން 517 ކޭސް އަކީ އިއްޔެގެ އިރު އޮއްސި 6 އިން މިއަދުގެ 6 އާ ހަމައަށް ޕޮޒިޓިވް ވެފައިވާ ކޭސްތައް ކަމަށެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 965 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 214 މީހުން ޕޮޒިޓިވްވީ އަތޮޅުތެރެއިން ކަމަށާއި ރިސޯޓްތަކުން 6 މީހަކު އަދި ލިވަ ބޯޑުން 2 މީހަކު ވެސް ވަނީ ޕޮޒިޓިވް ވެފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ..

މިދިޔަ 24 ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރޭގައި 3771 ސާމްޕަލް ޓެސްޓް ކޮށްފައި ވެއެވެ. މިއަދު ޕޮޒިޓިވް ވި މީހުންނާއެކު މިއަދު ރާއްޖޭގެ ޖުމްލަ ވަނީ 48،608 އަށް އަރާފައެވެ. ކޮވިޑުގައި 112 މީހަކު ވަނީ މަރުވެފައެވެ.

112 މީހުން މަރުވެފައި ވާއިރު މިިދިޔަ އަހަަރު ކޮވިޑް ބަލީގައި މަރުވެފައި ވަނީ 51 މީހެކެވެ. އެހެން ކަމުން މިއަހަރު ތެރޭ މިއަދާ ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 61 އަށް އަރާފައެވެ. މަސް ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހު މި ކޮވީޑް ޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު މިހާރުވެސް މި ވަނީ ރެކޯޑަކަށް ވެފައެވެ. އެގޮތުން މިއަދު މި ވަނީ މި ބަލީގައި 7 މީހަކު މަރުވެފައެވެ.

ކޮވިޑް ކޭސްތައް އިތުރުވެ ރާއްޖޭގައި ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމާއި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އެންގުން ހިމެނެއެވެ.

އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމާއި ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ވަނީ ނިންމާފައެވެ