ރާއްޖެއިން އިތުރު 1007 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ 1007 ޕޮޒިޓިވް ކޭސް ތެރެއިން 821 ކޭސް އަކީ އިއްޔެގެ އިރު އޮއްސި 6 އިން މިއަދުގެ 6 އާ ހަމައަށް ޕޮޒިޓިވް ވެފައިވާ ކޭސްތައް ކަމަށެވެ. ބަލި ޖެހުނު 1007 މީހުންގެ ތެރެއިން 793 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 183 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުންނެވެ. އަދި ރިސޯޓްތަކުން 26 މީހަކު ވަނީ ޕޮޒިޓިވް ވެފައި ވެއެވެ.

މިދިޔަ 24 ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރޭގައި 3159 ސާމްޕަލް ޓެސްޓް ކޮށްފައި ވެއެވެ. މިއަދު ޕޮޒިޓިވް ވި މީހުންނާއެކު މިއަދު ރާއްޖޭގެ ޖުމްލަ ވަނީ 43.782 އަށް އަރާފައެވެ. މިވަގުތު ރާއްޖޭގައި އެކްޓިވް ކޭސްގެ ގޮތުގައު 15،666 މީހުން އެބަ ތިއްބެވެ. މިހާތަނަށް 28،013 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 260 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 94 މީހަކު މަރުވެފައިވެއެވެ. އިއްޔެވެސް ހަތަރު މީހަކު މަރުވިިއެވެ. މިއަދުވެސް ހަތަރު މީހަކު މަރުވިއެވެ. ކޮވިޑްގައި މިއަހަރުގެ މިހާތަނަށް 43 މީހަކު ވަނީ މަރުވެފައެވެ.

ހަލުވި ކަމާއެކު ރާއްޖޭގައި ކޮވިޑް ފެތުރެމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ އަތޮޅުތެރޭގެ 51 ރަށެއް މޮނިޓަރިންގައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުން ދައްކައެވެ. މިވަގުތު 51 ރަށެެއް މޮނިޓަރިންގައިނ އޮތް އިރު އެއީ:

ޅ. ނައިފަރު، އދ. މާމިގިލި، ތ. ވޭމަންޑޫ، ތ. މަޑިފުށި، ބ. އޭދަފުށި، ކ.ހިންމަފުށި، ކ. ގުޅި، ކ.މާފުށި، އއ.މަތިވެރި، ލ.މާންދޫ، ލ.ގަން، ލ.ފޮނަދޫ، ގދ. ތިނަދޫ، އއ. އުކުޅަސް، ކ. ތުލުސްދޫ، ލ. ދަނބިދޫ، އއ.ރަސްދޫ، އައްޑޫ ސިޓީ، ހއ.ދިއްދޫ، ފ.ފީއަލި، އއ.ހިމަންދޫ، ކ.ގުރައިދޫ، ފ. ނިލަންދޫ، ލ. އިސްދޫ، އދ. ފެންފުށި، ލ. މާވަށް، ފުވައްމުލައް ސިޓީ، ށ. ޅައިމަގު، ރ. ހުޅުދުއްފާރު، ގދ. ގައްދޫ، ބ. ތުޅާދޫ، ވ. ފުލިދޫ، އދ. މަހިބަދޫ، ރ. މަޑުއްވަރި، އއ. ފެރިދޫ، ހދ. ކުޅުދުއްފުށި، ށ. ކަނޑިތީމު، ށ. ގޮއިދޫ، ކ. ކާށިދޫ، ދ. ކުޑަހުވަދޫ، ގއ ދާންދޫ، ިޅ.ހިންނަވަރު، ގއ. ގެމަނަފުށި، ދ. ބަނޑިދޫ، ނ.ކެދިކުޅުދޫ، ތ.ގުރައިދޫ، ދ.ހުޅުދެލި، ވ.ކެޔޮދޫ، ގއ.ވިލިގިލި، ލ.ކަޅައިދޫ އާއި ތ.ތިމަރަފުށި އެވެ.

ކޮވިޑް ކޭސްތައް އިތުރުވެ ރާއްޖޭގައި ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އެގޮތުން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމާއި މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އެންގުން ހިމެނެއެވެ.

އަދި 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމާއި މާދަމާއިން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ވަނީ ނިންމާފައެވެ.