ގައުމީ އިންޓެލިޖެންސް މެކޭނިޒަމް އޮޑިޓް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް ހިމެނޭހެން ޓީމެއް އެކުލަވާލައި ނެޝަނަލް އިންޓެލިޖެންސް މެކޭނިޒަމް ތަކުގެ އޮޑިޓެއް ހެދުމަށް ރައީސް އަންގަވާފައި ވާކަމަށެވެ.

އެކަމަށް ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ މަސައްކަތް މިހާރު ފަށާފައި ވާކަމަށާއި ކޮމިޓީގެ ހޯދުންތައް ސީދާ ރައީސާ ހިއްސާ ކުރަމުން ދާނެ ކަމުގައިވެސް މަބްރޫކް ވިދާޅުވިއެވެ.

މި ކޮމިޓީ އެކުލަވާލައި އިންޓެލްގެ ހާއްސަ އޮޑިޓެއް ހިންގަން މަސައްކަތް ފަށާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެންނެވެ.