އިސްރާއީލުން މާތްވެގެންވާ މަސްޖިދުލް އަގްސާއަށާއި އެތަނުގައި އަޅުކަން ކުރަން ތިބި މީހުންނަށް ދެމުން ގެންދިޔަ އުދުވާނީ ހަމަލާތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުށްވެރި ކުރައްވައިފިއެވެ.

އިސްރާއީލުން ފަލަސްތީނަށް ދިން ހަމަލާތަކާ ގުޅިގެން ރައީސް ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވަމުން އަންނަ ކަމަށާއި، އެ ގައުމުގެ އަމަލުތައް ކުށްވެރިކުރައްވާ ކަމަށެވެ. އަދި ދިވެހިރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އުދުވާނުގައި އަގުސޯ މިސްކިތާ ގުޅިގެން ޖުމްލަ 520 މީހުން ވަނީ ޒަހަމް ވެފައެވެ. އަދި އޭގެތެރެއިން 150 އަށް ވުރެ ގިނަ މީހުންނަށް ފަލަސްތީނުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެއެވެ.

އަގްސޯ މިސްކިތުގެ ގޯތިތެރޭގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ރަބަރު ވަޒަނާ ގަރުނަ ގޭހުގެ ބާރުގެ ބޭނުން ކޮށްފައެވެ. މީގެ އިތުރުން ސައުންޑް ބޮން، ނުވަތަ އިދިކޮޅު ފަރާތުގެ ހިއްސުތައް ވަގުތީ ގޮތުން ކަނޑުވާ ވަރުގެ ބާރު ލިބިފައިވާ ސްޓަން ގްރެނޭޑްގެ ބާރުގެ ބޭނުން ކޮށްފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.

އަގްސޯ މިސްކިތުގެ ގޯތިތެރޭގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ރަބަރު ވަޒަނާ ގަރުނަ ގޭހުގެ ބާރުގެ ބޭނުން ކޮށްފައެވެ. މީގެ އިތުރުން ސައުންޑް ބޮން، ނުވަތަ އިދިކޮޅު ފަރާތުގެ ހިއްސުތައް ވަގުތީ ގޮތުން ކަނޑުވާ ވަރުގެ ބާރު ލިބިފައިވާ ސްޓަން ގްރެނޭޑްގެ ބާރުގެ ބޭނުން ކޮށްފައި ވެއެވެ.