ކޮވިޑް ބަލިމަޑުކަމުން ރައްކާތެރި ވުމަށް ރާއްޖޭގައި ވެކްސިން ޖަހައިދެމުން އަންނަ އިރު މި ވަގުތު ހުރި ވެކްސިންތަކުގެ ތެރޭގައި ސެންޓްރަލް ސްޓޮކްގައި ހުރި ބާކީ އަދަދުތައް އެޗްއީއޯސީން ހާމަކޮށްފިއެވެ.

މިހާރު ކުރިއަށް ދާ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާރު ވެކްސިންގެ ސެންޓްރަލް ސޮޓޮރޭޖްގައި ބާކީ ހުރީ ކޮވިޝީލްޑް ވެކްސިންގެ 1330 ޑޯޒް އާއި ސިނޯޕާމް ވެކްސިންގެ 69،460 ޑޯޒް އާއި ފައިޒާ ވެކްސިންގެ 3906 ޑޯޒް ކަމަށެވެ.

އިއްޔެ ކޮވިޝީލް ވެކްސިން މާލެ ސަރަހައްދުގައި ޖަހާފައި ނުވާ އިރު، ބަކީ މިވަގުތު ސްޓޮކް ގައި ހުރި ވެކްސިންގެ އިތުރަށް ރަށްރަށަށް ވެކްސިން ޖެހުމަށް ފޮނުވާފައިވާ ވެކްސިންގެ ތެރެއިން ކޮވިޝީލް ވެކްސިންގެ ދެވަނަ ޑޯޒް ވަނީ 810 މީހުންނަށް ޖަހާފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ރިސޯޓް ތަކުގައި ކޮވިޝީލްޑްގެ ދެވަނަ ޑޮޡް ވަނީ 12 މީޙަކު ޖަހާފައެވެ. މީގެ އިތރުން މާލެ ސަރަހއްދުގައި ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް 92 މީހަކަށް ޖަހާފައެވެ.

ސިނޯޕާމް ވެކްސިންގެ ފުރަތަމަ ޑޯޒް މާލެ ސަރަހައްދުން 42 މީހަކަށް، ރަށްރަށުން 351 މީހަކަށް އަދި ރިސޯޓުން 9 މީހަކަށް ވަނީ ޖާޙަފައެވެ. އެ ވެކްސިންގެ ދެވަނަ ޑޯޒް ވަނީ މާލެ ސަރަހައްދުން 89 މީހަކަށް ރަށްރަށުން 504 މީހަކަށް އަދި ރިސޯޓްތަކުން 587 މހަކަށް ވަނީ ޖަހާފައެވެ.

ފައިޒާ ވެކްސިން ޖެހި މީހުންގެ ހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުގައި އެކަނި ޖަހައިދޭ މި ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ 114 މީހަކު ޖަހާފައެވެ. އަދި މި ވެކްސިންގެ ދެވަނަ ޑޯޒް ވަނީ 66 މީހަކު ޖަހާފައެވެ.

މި މަހުގެ 6 ވަނަ ދުވަހު މާލޭގައި ވެކްސިން ސެންޓަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު 7 ވަނަ ދުވަހު ވަނީ މާލޭ ސަރަހައްދުގައި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖަހައިދޭން ފަށާފައެވެ.

ކޮވިޝީލްޑްގެ ސްތޯކް ހުސް އެ ވެކްސިން ޖަހައިދިނުން މާލެ ސަރަހައްދުގައި މަޑުޖައްސާލާފައި އޮތުމަށް ފަހު މިހާރު ހުރި ސްޓޮކްގެ ބާކީ ޑޯޒްތަކުން އަންނަނީ ސިއްހީ ހިދުމަތްތެރިންގެ އިތުރުން ބަލި ހާލަތުގެ ސަބަބުން އެޑްމިޓް ކޮށްފައިވާ މީހުންނަށް މި ވެކްސިން ޖަހއިދެމުންނެވެ.